ފުލުހެއްގެ ގައިގައި ދަތް އެޅި ކ. ތުލުސްދޫ ކަރަންކާގޭ އިބްރާހީމް ޝަރީފު، ދޮޅު އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އޭނާއަށް ދައުވާ ކޮށްފައި ވަނީ ފުލުހެއްގެ ކަނާތު ކިހިލިފަތް ކައިރީގައި ދަތް އަޅައި، އަނިޔާއެއް ދީފައި ވާތީއެވެ.

އޭނާ ދަތްއަޅާފައި ވަނީ، މި އަހަރުގެ ޖެނުއަރީ މަހު ވިލިމާލޭން އެ މީހާ ހުއްޓުވައި އޭނާއަކީ ކާކުކަން އަންގައިދިނުމަށް ފުލުހުން އެދުމުން، ނުކިޔަމަންތެރިކަން ދައްކައި، އޭނާ ބަލައި ފާސް ކުރަން ފެށުމުން ކަމަށް ކްރިމިނިލް ކޯޓުން ބުނެއެވެ.

ޝަރީފަށް ކުރާ ދައުވާއަށް އޭޏަ އިންކާރު ކޮށްފައި ވާއިރު އޭނާ ދަތްއެޅީ އޭނާގެ ކަރުގައި ފުލުހުން ހިފުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝަރީފުގެ މައްޗަށް މި މައްސަލައިގެ ކުށް ސާބިތުވެފައި ވާއިރު އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަތަރު ދުވަހުގެ ޖަލުހު ހުކުމެއް އިއްވިއެވެ. ނަމަވެސް އޭނާ ވަނީ އަދަބު ލުއިކޮށްދޭން އެދިފައެވެ.

ޝަރީފުގެ މައްޗަށް ކަނޑައެޅި ޖަލު އަދަބުގެ ތެރެއިން 1 އަހަރަާއި 5 މަސް ދުވަހުގެ ޖަލު އަދަބު، ދެ އަހަރާއި 10 މަސް ދުވަހަށް ގެބަންދު ކުރުމުގެ އަބަދަށް ބަދަލުކޮށްފައި ވާތީ، އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ 2 މަހާއި 4 ދުވަހުގެ ކަމަށް ހުކުމުގައި ވެއެވެ.