ޑިސެމްބަރު 2، 2022 ގެ ތާރީހުގައި "އިމާމުގެ ސަސްޕެންޝަން އުވާލައިފި، މިއަދު ވެސް ހުތުބާ ކިއީ އައްޑޫ ބަހުން" މި ސުރުހީގެ ދަށުން، ސ. މީދޫ ހަތީބު މުހައްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލުމުން އޭނާ މީދޫގެ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވި ކަމަށާއި އޭނާ ހުކުރު ހުތުބާ ވިދާޅުވެފައި ވަނީ ގުރުއާނާއި ހަދީސްތަކާއި މާނަ ފިޔަވައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެން ކަމަށް ރިޕޯޓު ކުރެވިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމުގައި ދަންނަވަމެވެ.

ސަސްޕެންޝަން އުވާލުމުން އޭނާ ހުކުރު ކުރެއްވީ، ހުޅުދޫ މަސްޖިދު ވަހުދާގައި ކަމާއި ވިދާޅުވީ މިނިސްޓްރީން ފޮނުވާފައި އޮތް ހުތުބާއެވެ.

އެ ކުށަށް، ޚަތީބު މުހައްމަދު ރަޝީދުގެ ކިބައިންނާއި، މިހޫނުގެ އެންމެހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭ ވާހަކަ ދަންނަވަމެވެ.

އަދި ކުރިން އޮތް ހަބަރަކީ ކުށް ހަބަރެއް ކަމަށް ވުމާއެކު އެ ހަބަރު، ވެބްސައިޓުން ނަގާފައި ވާކަމަށް ވެސް ދަންނަވަމެވެ.