ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން ތައާރަފް ކުރި ޕްރޮޖެކްޓެއް ކަމަށެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑަކީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް އެ ބޭންކުން ދޭ އެހީއެކެވެ.

ސްމޯލް ގްރާންޓަށް ހޮވުނު 8 ޖަމިއްޔާ އަކީ:

  • މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (އެމްއޯޕީއޭ)
  • ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
  • ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ)
  • ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް (ކުރެވި)
  • ވިމެން އިން ފުވައްމުލައް
  • ސްމޯލް އައިލެންޑް ރިސާރޗް ގްރޫޕް
  • ހުވަދޫ އެއިޑް
  • ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)

އެއިން ކޮންމެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް 250،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.