މަސްދޯނިތަކުގައި 8 ބިދޭސީންނަށް މަސްވެރިކަން ކުރަން ހުއްދަ ލިބޭ ގޮތަށް ގަވައިދު އިސްލާހު ކޮށްފިއެވެ.
މި އަހަރު އަމަލުކުރަން ފެށި ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގައި ކުރިން އޮތް ގޮތުން ކޮންމެ ދޯންޏެއްގައި ވެސް ގިނަވެގެން ގެންގުޅެވޭނީ ދެ ބިދޭސީންނެވެ. އަދި އެ މީހުން ސީދާ ގޮތުން މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީން ގެޒެޓު ކުރި އިސްލާހުގައި ވާގޮތުން އުޅަނދުތަކުގައި ބިދޭސީންނަށް ސީދާ މަސްވެރިމުގައި ނުވަތަ އެހެން މަސައްކަތެއްގައި ހަރަކާތްތެރިވެވޭ އަދަދު ކަނޑައަޅާފައިވަނީ އުޅަނދުގެ ސައިޒުންނެވެ.
އެގޮތުން 15 ފޫޓަށްވުރެ ކުދި އުޅަނދުގައި ގިނަވެގެން ހަތަރު ބިދޭސީން، 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން، އަދި 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުތަކުގައި ގިނަވެގެން އަށް ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ކަމަށް އިސްލާހުގައި ބުނެއެވެ.
މީގެ އިތުރުން މަސްދޯނިތައް ރަޖިސްޓްރީކުރުމުގައި ގިންތިކުރުމާއި އެ ގިންތިތަކަށް ނަގާ ލައިސެންސް ފީގެ އަދަދުތައް ވެސް މި އިސްލާހުގައި ހިމެނެއެވެ.
މިގޮތުން 15 މީޓަރަށް ވުރެ ކުދި އުޅަނދު ރަޖިސްޓްރޭޝަން ފީއަށް 500 ރުފިޔާ ދައްކަން ޖެހޭއިރު 20-15 މީޓަރުގެ އުޅަނދު ފަހަރަށް ރަޖިސްޓްރޭޝަން ފީގޮތުގައި 1،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި 20 މީޓަރުން ފެށިގެން ބޮޑެތި އުޅަނދު ފަހަރަށް ރަޖިސްޓްރޭޝަން ފީއަށް 1،500 ރުފިޔާ ދައްކަން ޖެހެއެވެ.
ފީނެގުމުގަައިވެސް 24މ މަތި ތަފާތުވާން ޖެހޭ
ގެންގުޅެން ވާނީ ވެސް އިންޑިއާ މީހުން ގޮތަށް ފާސް ކުރީ އުތަ؟