ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދުއަށް ވަޑައިގަންނަވަނީ އެމްޑީޕީގެ ޕްރިމަރީގައި ވާދަ ކުރައްވާ ކެމްޕެއިން ހަރަކާތްތަށް ފައްޓަވަން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗީފް ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރޭ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ނަޝީދު ނިންމަވާފައި ވާއިރު ހުކުރު ދުވަހު ރަސްމީކޮށް ކެމްޕެއިން ހަރަކާތްތައް ފެށުމަށް އެމަނިކުފާނު ތިނަދުއަށް ވަޑައިގަންނަވާ ކަމަށް އަޑުތައް ވަނީ ގަދަވެފައެވެ. އަދި ބައެއް މީޑިއާ އައުޓެލެޓް ތަކުގައި އެވާހަކަ ހާމަ ކޮށްފައި ވީ ނަމަވެސް ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށް ވާ އިންތި ވިދާޅުވީ، ނަޝީދު ތިނަދުއަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެއީ ޕްރިމަރީގެ ކެމްޕެއިން ލޯންޗް ކުރައްވަން ނޫން ކަމަށެވެ.
"އަންނި ޕްރައިމަރީ" ގެ ނަމުގައި ވަޓްސްއެޕްގައި ކެމްޕެއިން ގުރޫޕެއް ހަދާފައިވާ އިރު އެ ގްރޫޕުގައި ތިބި މެންބަރުން ކެމްޕެއިނާ ގުޅޭ ވާހަކަތައް ދައްކާފައި އެބަހުއްޓެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާ ޕްރައިމަރީ ބާއްވާ ތާރީހެއް އެ ޕާޓީއިން އަދި ނުނިންމައެވެ. ނަމަވެސް ދާދި އަވަހަށް ބާއްވާނެ ކަމަށް ޕާޓީން ހާމަ ކޮށްފައި ވާއިރު، ތާރީހުތަކެއް ދީ މިވަގުތަށް އޮތީ ލަސްވެފައެވެ.
2023 ގެ ރިޔާސީ އިންތިހާބު ޚާމިޔާބު ކުރައްވާ 2 ވަނަ ދައުރެއް ޔަގީން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވާ އިރު، އެމަނިކުފާނުވެސް އެމްޑީޕީގެ ޕްރިމަރީގައި ވާދަ ކުރައްވާނެއެވެ.