ދަތުރު ކުރަމުން ދަނިކޮށް ގަލްފް އެއާލައިންގެ ފްލައިޓް އެޓެންޑަރަކަށް ހާޓްއެޓޭކެއް ޖެހި މަރުވެއްޖެއެވެ.
ބަހްރެއިނުން ޕެރިހަށް ފަސިންޖަރުން ގޮވައިގެން ކުރި މި ދަތުރުގައި ޔާސިރު ސާލިހު ނަމަކަށް ކިޔާ މި ފްލައިޓް އެޓެންޑަރުގެ ހެޔަށް ގޮތްތަކެއް ވާން ފެށުމާއެކު ގޮނޑިއެއްގައި ބައިންދާން އޭނާ ހަމަޖެއްސުމަށް ދެންތިބި އެޓެންޑަރުން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ރަނގަޅުނުވެ އުޅެނިކޮށް ހާޓް އެޓޭކެއް ޖެހުނެވެ.
ފަރުވާކުރެވޭނެ ވަގުތެއް ނުލިބި އޭނާ މަރުވިއިރު އެ ބޯޓު ދަތުރުކުރަމުން އައީ އިރާގުގެ ކައިރިން ކަމަށްވުމުން ފްލައިޓު ވަނީ އިރާނުގެ އިރްބިލް އަށް ޖައްސާފަ އެވެ. ބޯޓު ނައްޓާލިތާ ބައިގަޑިއިރެއްހާ ތެރޭ ޔާސިރުގެ ހާލަތު ގޯސްވަމުން ގޮސް އިރާގަށް ބޯޓު ޖެއްސުމުގެ ކުރިން އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔާސިރު މަރުވުމާއެކު ގަލްފް އެއާލައިން އިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ޔާސިރު އަކީ މަސައްކަތަށް ފަރުވާތެރި މުވައްޒަފެއް ކަމަށާއި ޔާސިރު މަރުވުމުން އެ ގެއްލުނީ މަސައްކަތަށް މުހިއްމު މުވަޒަފެއް ކަމަށެވެ. އަދި ލިބުނު ހިތާމައިގައި ބައިވެރިވާ ކަމަށާއި ޔާސިރުގެ އާއިލާ އަށާއި އޭނާގެ ގާތް ރަހުމަތްތެރިންނަށް ތައުޒިޔާ ކިޔާ ކަމަށެވެ. ހަމައެއާއެކު ޝެޑިއުލް ކުރެވިފައިވާ ފަދައިން ޕެރިހަށް ދަތުރު ވަގުތުން ފެށި ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
ފްލައިޓް ތެރޭގައި ދިމާވާ މިފަދަ އެމެޖެންސީ ހާލަތްތަކުގައި އެ ފްލައިޓެއް ދަތުރުކުރަމުންދާ އެންމެ ކައިރީގައިވާ ލޭންޑިން އަށް މަޑުކޮށް ފަރުވާ ދެއެވެ. އަދި ފްލައިޓުގައި ތިބޭ ފްލައިޓް އެޓެންޑަރުންނަކީ ވެސް މިފަދަ ހާލަތްތަކަށް ތަމްރީނު ކޮށްފައިވާ ބައެކެވެ.