ކޮވިޑާ ގުޅިގެން ޗައިނާގެ ބޮޑެތި ބައެއް ސިޓީތަކުގައި ކުރިއަށް ދާ މުޒާހަރާތައް ކަވަރު ކުރަން ހަރަކާތްތެރި ވާ ބީބީސީގެ ރިޕޯޓަރަށް އަނިޔާކޮށް ވަގުތުކޮޅަކަށް ހައްޔަރު ކުރި ކަމަށް ބީބީސީން ބުނެފިއެވެ.

ބީބީސީން ބުނީ އެމީހުންގެ ޖާނަލިސްޓް އެޑް ލޯރަންސްގެ ހިފަހައްޓާ ގަޑިއިރުތަކަށް ހައްޔަރު ކުރި ކަމަށެވެ.

މި މައްސަލަ ކުށްވެރިކޮށް އިންޓަނޭޝަނަލް ފެޑެރެޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ބަޔާނެއް ނެރެފައި ވާ އިރު ޗައިނާ ސަރުކާރުން ބުނީ އެޑް ހަރަކާތްތެރިވި އިރު ނޫސްވެރިއެއްކަން އަންގައިދޭ ކާޑު އޭނާގެ އަތުގައި ނެތް ކަމަށެވެ.

ޗައިނާގެ ފުލުހުން އޭނާ ހިފަހައްޓާ ބިންމަތީގައި ބޭންދުވި އިރު އޭނާ ހުރީ ޝެންގްހައިގެ ވުލުމުގީ މަގުގެ މެދުގައި މުޒާހަރާގެ ވީޑިއޯތައް ނަގަން ކަމަށް ބީބީސީން ބުނެއެވެ.

ބީބީސީން އިތުރަށް އެހާދިސާ އާ ގުޅިގެން ޗައިނާ ސަރުކާރުން ރަސްމީ ސިފައެއްގައި އެ އިދާރާއަށް ޖަވާބުދާރީ ވެފައި ނުވާ ކަމަށާއި ނަމަވެސް އޭނާ ހިފެހެއްޓީ ކޮވިޑްގެ ހާލަތުގައި އެއްވެފައި ތިބި މީހުންގެ ފަރާތުން އޭނާއަށް ކޮވިޑް އަރާފާނެތީ އޭނާގެ ރައްކަލަށް ކަމަށް ބުނެފައި ވާ ކަމަށެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒަހޯ ލިޖިއާން ވިދާޅުވީ، ޝަންގްހައި ގެ އިދާރާތަކުން އެނގުނު ގޮތުގައި، އެޑް މަސައްކަތް ކުރި އިރު ޖާނަލިސްޓެއްކަން ނުބުނުމުގެ އިތުރުން ޕްރެސް ކާޑު ދައްކާފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެދް ބުނީ، އޭނާގެ ގައިގާ ފުލުހުން ތަޅަން ފެށުމުން އެކަން ހުއްޓުވި ޗައިނާގެ އާންމުންގެ މީހަކު ފުލުހުން ހައްޔަރު ކުރި ކަމަށެވެ. އެޑްގެ އިތުރުން ސްވިސް ނޫސްވެރިއަކާއި އިނގިރޭސި ނޫސްވެރިއަކުވެސް ވަގުތުކޮޅަކަށް ހައްޔަރު ކުރި ކަމަށާއި، މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް ފުލުހުން ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެގައުމުގެ ފޮރިން ކޮރަސްޕޮންޑެންސް ކްލަބުން ބުނެފައި ވެއެވެ.

ޗައިނާގައި ކޮވިޑް ޒީރޯ ސިޔާސަތާ ހުރެ، އިމާރާތަކުން ނުނުކުމެވި 10 މީހަކު މަރުވި އަލިފާނުގެ ހާދިސާ އަކާ ގުޅިގެން، މުޒާހަރާތައް ވަނީ ގިނަ ސިޓީތަކަކަށް ފެރުތިފައެވެ. ޒިންޖިއާންގް ގައި ހިނގި އެ ހާދިސާގައި 10 މީހަކު މަރުވެ 9 މީހަކު ޒަހަމް ވީ، ކޮވިޑް ލޮކްޑައުން އާ ހުރެ ފަޔާމަނުންނަށް އެ އިމާރާތަށް ކައިރިވުމުގައި ލަސްތަކެއް ވުމާއި އުސް އިމާރާތަކަށް ވުމުން ގިނަ ބަޔަކަށް ނުނުކުމެވި ލަސްތަކެއް ވުމުންނެވެ.

ބީބީސީގެ ރިޕޯޓަރު ހައްޔަރު ކުރި މައްސަލަ އިނގިރޭސި ސަރުކާރުންވެސް މިހާރު ވަނީ ކުށްވެރި ކޮށްފައެވެ.