ގަތަރު ގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަކަށް ފްރާންސް ވެއްޖެއެވެ. ފްރާންސް މުބާރާތުގެ ދެވަނަ ބުރު ކަށަވަރުކުރީ މިރޭ ގްރޫޕް ޑީގައި 2-1 އަކުން ޑެންމާކްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ހަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. އެހެން ނަމަވެސް 0-0 ގެ ސްކޯލައިނެއްގައި މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި މެޗުގެ 61 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ފްރާންސުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ކިލިއަން އެމްބާޕޭއެވެ.
އޭނގެ 8 މިނެޓް ފަހުން ޑެންމާކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެންޑިއަސް ކްރިސްޓިއަންސަންއެވެ.
އެހެން ނަމަވެސް އަނެއްކާވެސް ފްރާންސުން ވަނީ ލަނޑެއް ޖަަހާ ލީޑު ނަގާފައެވެ. މި ލަނޑު ވެސް އެޓީމަށް ޖަހާ ދިނީ އެމްބާޕޭއެވެ. މި މިމުބާރާތުގައި އޭނާ ފްރާންސަށް ޖަހާ ދިން ތިން ވަނަ ލަނޑެވެ.
މި ސްކޯލައިނުގައި އޮވެގެން މެޗު ނިމުނު އިރު ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވި ފްރާންސް މިވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެޓީމަށް 6 ޕޮއިންޓް ލިބިފައިވާ އިރު ޑެންމާކް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.