ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 އާ ދިމާކޮށް "ގެސް އެން ވިން" ގޭމެއް ކުޅެގެން ފޭން ކިޓަކާއި ސްކޯ ބޯޑެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، 'ގެސް އެން ވިން' މި ގޭމަކީ ފީފާ އާ ގުޅޭ މައުލޫމާތު އެނގޭ މިންވަރު ބެލުމަށް ކުޅޭ ގޭމެއް ކަމަށެވެ. މި ގޭމްގައި ތިން މައުލޫމާތެއް ހިއްސާ ކޮށްފައިވާ އިރު އޭގެތެރެއިން 2 މައުލޫމާތަކީ ތެދު މައުލޫމާތު ކަމަށާއި އަދި ދޮގު 1 މައުލޫމާތު ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ. މިގޭމްގައި ބައިވެރިވާ ފަރާތްތަކުން ޖެހޭނީ 3 މައުލޫމާތުގެ ތެރެއިން ދޮގު މައުލޫމާތު ދެނެގަންނަން ކަމަށް އުރީދޫން ބުނެއެވެ.

މި ގޭމް ކުޅޭ ފަރާތްތަކުން ޖެހެނީ މި ގޭމަށް ހުޅުވާލައި ސޯޝަލް މީޑިއާގައި އުރީދޫ މޯލްޑިވްސްގެ އޮފިޝަލް އެކައުންޓުން ހިއްސާކޮށްފައިވާ ޕޯސްޓްގެ ދަށުން ހޭޝްޓެގް ޖެހުމަށް ފަހު އުރީދޫ ފުޓްބޯޅަ ފޯރި ޖަހައި، ކޮމެންޓްގައި ޖަވާބު ލިޔާށެވެ. އަދި ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތެއް ހޮވައި އެ ފަރާތަކަށް އިނާމެއްގެ ގޮތުގައި ފޭން ކިޓަކާއި ސްކޯ ބޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ.

މި ގޭމަށް ޖަވާބު ދިނުމުގެ ސުން ގަޑި ހަމަވާނީ މާދަމާ ރޭ 11:59 ގައި ކަމަށް އުރީދޫން ބުނެއެވެ.

މި ގޭމްގައި ހިމްނާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި މި ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމްގެ އަދަދާއި، ގަތަރުގައި ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްގެ އަދަދު ހިމެނެއެވެ.