ކޮންމެ ކުއްޖަކީވެސް އަނިޔާއިން އެއްކިބާވެފައިވާ ކުއްޖެއްކަން ޔަގީންކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެންނެވެ.

މިއަހަރުގެ ކުޑަކުދިން ދުވަސް ފާހަގަކުރަން އދ.ކަނޑައަޅާފައިވާ ޝިއާރަކީ "ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުން" އެވެ.

ދުވަހުގެ ތަހުނިޔާއާއެކު ރައީސް ވިދާޅުވީ ކުޑަދިންގެ ދުވަހެއް ފާހަގަކުރާއިރު ކޮންމެ ކުއްޖަކީވެސް އަނިޔާއާއި ގެއްލުމަކުން އެއްކިބާވެފައިވާ ކުއްޖެއް ކަން ޔަގީން ކުރަން ޖެހޭ ކަމަށާއި އެކުއްޖެއްގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވިފައިވާ މުޖުތަމައެއްގައި ފުރިހަމަ ގާބިލުކަން އިހުސާސްކުރެވޭކަން ވެސް ޔަގީންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު މައިންބަފައިންނާއި އާއިލާގެ ލޯތްބާއި އަޅާލުން ނުލިބި އެތައް ކުދިންނެއް މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.