އަންހެން އަންހެން މާލިމީ ނުވަތަ ފުރަތަމަ އަންހެން ކައްޕިއަށްވެ، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސީނިއާ ސާޖަންޓް ސަންފާ އިބްރާހިމް ދީދީ ދިވެހި ފުލުހުންގެ ހިދުމަތުގެ 89 އަރުވީ ދިގުމާޒީ ބަދަލުކޮށްލައިފިއެވެ.

ފުލުހުންގެ ކަސްޓޯޑިއަލުން އޮކްޓޯބަރު 10، 2006 ގައި ފުލުހުންގެ ހިދުމަތާ ގުޅުނު ސަންފަ އެންމެ ފުރަތަމަ މަސައްކަތްކުރީ ދޫނިދޫ ކަސްޓޯޑިއަލުގައެވެ. އަދި އޭނާ ވަނީ ފުލުހުންގެ ހިދުމަތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި އޭނާ ވަނީ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކޮށް އެކިދާއިރާއިން ތަޖުރިބާ ހޯދާފައެވެ. މާލޭ ކަސްޓޯޑިއަލާއި ޕޮލިސް މެޑިކަލްގެ އިތުރުން ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިހުގައިވެސް ސަންފަ ވަނީ މަސައްކަތް ކޮށްފައެވެ. ފުލުހުންނަށް ބޭނުންވާ އެކި ތަމްރީނުތަކުގައި ބައިވެރިވި ސަންފަ ވަނީ އެކި ކޯސްތައް ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން ހިދުމަތުގެ އިތުރުން ފުޓުބޯޅަ، ހޭންޑްބޯޅަ މި ނޫންވެސް އެތައް މުބާރާތެއްގައި ސަންފަ ވަނީ ފުލުހުން ތަމްސީލުކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ސަންފަ ބުނާ ގޮތުގައި ކަނޑުމަތީގައި މަސައްކަތް ކުރުމަކީ ކުރިންވެސް ތަޖުރިބާ ކުރަން ބޭނުންވެފައި ހުރި މަސައްކަތެއް ކަމަށާއި އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ އުފަލާއެކުގައި ކަމަށެވެ. އަދި ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކުރުމަށް މާލެ އައުމާއި ކޯސް ފުރިހަމަކޮށް ނިންމުމާ ހަމައަށްވެސް ހިތުގައި އޮތް އަޒުމަށް އެއްވެސް ގުޑުމެއް ނާރައި އެކަން ފުރިހަމަކުރެވުނީ އޭނާގެ އިސްވެރިން ދެއްވި ހިތްވަރާއި ކުރި އިތުބާރުގެ ބޮޑުކަމުން ކަމަށް ސަންފަ ބުނެއެވެ.

ފުލުހުން ބުނީ ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކޮށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނު ފުރަތަމަ އަންހެން ފުލުހަށް ވެގެން ދިއުމަކީ ފުލުހުންގެ ހިދުމަތުގައި މިހާތަނަށް ސަންފައަށް ލިބިގެންދިޔަ އެންމެ ބޮޑު ޝަރަފުގެ އިތުރުން އެންމެ ފަހުރުވެރި ކާމިޔާބީ ކަމަށެވެ.