އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް 5 ޓީވީ ހަދިޔާކޮށްފިއެވެ.

މި ޓީވީ ހަވާލުކޮށްފައިވަނީ މިކަމަށް ޓަކައި ބަންޑާރަކޮށީގައި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސާ އަދި މެނޭޖިން ޑައިރެކްޓަރު، ހާލިދް އަލް ހަމަދީއެވެ. އަދި، ހަދިޔާކުރެއްވި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއެވެ.

އެމްއެންޑީއެފުން ބުނީ މި ޓީވީތަކަކީ، ކުރިއަށްއޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދިނުމުގެ ގޮތުންނާއި، ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންހަދިޔާކުރި ޓީވީތަކެއް ކަމަށެވެ.

އެމްއެންޑީއެފަށް ޓީވީ ހޯދުމަށް މިނިސްޓްރީން ގިނަ ފަރާތްތަކަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށާއި މިނިސްޓަރުގެ އެދިލެއްވި އެދިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަ ދެއްވި ކުންފުންޏަކީ އުރީދޫ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އުރީދޫން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާއީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.