ޔޫރޯ 2020 ގައި ޕްރޮޖެކްޓަރު ދޫކުރި ޖަމިއްޔާތަކަށް ވޯލްޑް ކަޕަށް ޕްރޮޖެކްޓަރު ދޫނުކުރާނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެފިއެވެ.

ޔޫތު މިނިސްޓްރީއިން ބުނީ މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ފީފާ ވޯލްޑްކަޕް 2022" އާ ދިމާކޮށް 100 ޕްރޮޖެކްޓަރު އެ މިނިސްޓްރީއިން ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓަރުތައް ހޯދުމަށް ބޭނުންވާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ނޮވެމްބަރު 16 ވާ ބުދަ ދުވަހުގެ މެންދުރު 2 ގެ ކުރިން ޖަމިއްޔާގެ ރަސްމީ ލެޓާހެޑްގައި ސިޓީއަކުން ޕްރޮޖެކްޓަރު ބޭނުންވާކަން އީމެއިލްއަށް ފޮނުވަން ވަނީ މިނިސްޓްރީއިން އެދިފައެވެ.

މިނިސްޓްރީ އިން އިތުރަށް ބުނީ އެންމެ ފަހުން ބޭއްވި "ޔޫރޯ 2020" އަށް އެ މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަހަރު ޕްރޮޖެކްޓަރު ދޫނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ސަބަބު ހާމައެއް ނުކުރެއެވެ.