މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހާރައިގައި މަސްވެރިންގެ އަނބިދަރިން ވެސް ބައިވެރި ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ވިދާޅުވީ، އަދިވެސް މަސްވެރިން ކުރަމުންދާ އިހްތިޖާޖު ކުރިއަށް ދާ ކަމަށާއި އެ އިހުތިޖާޖުގައި މިހާރު މަސްވެރިންގެ އާއިލާ ތަކުން ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ. އެގޮތުން މަސްވެރިންގެ އަނބި ދަރިން މިއަދު ހަވީރު މާންދޫއަށް ދިޔަ ގޮތަށް އަދިވެސް އެ ފަރާތްތަކުން ތިބީ މާންދޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު އިހުތިޖާޖަށް ދިޔައީ އެއްގަމު މަގުން ލ. ގަމުން ކަމަށާއި އެމީހުން ދިޔަ އިރު ޝުއޫރު ފާޅު ކުރުމަށް ކަރުދާސް ބޯޑުތައްވެސް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މާންދޫގައި މަސްވެރިން އިހުތިޖާޖު ކުރަން ފަށާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް އައި އިރުވެސް އިހުތިޖާޖު ހުއްޓުމެއް ނެތި ކުރިއަށް ގެންދާ އިރު މަސްވެރިންގެ ޑިމާންޑަކީ އެމީހުންނަށް ދޭން ޖެހޭ 21 މިލިއަން ރުފިޔާ ދިނުމެވެ. މަސްވެރިން ގޮވާލަމުން ދަނީ އެ ފައިސާ މަސްވެރިންނަށް ދިނުމަށެވެ. މަސް ދުވަހުގެ ފައިސާ ނުދީ އޮތް މައްސަލައާ ގުޅިގެން މަސް ވެރިން ގޮވާލަމުން ދަނީ މިފްކޯއިން ކިރާ މަހަށް ފައިސާ ދޭ އުސޫލުން ހޮރައިޒަން ފިޝަރީޒުން ވެސް މަހުގެ އަގަށް ވާ ފައިސާ މަސްވެރިންނަށް ދިނުމަށެވެ.
މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން މާންދޫ ހިންގާ ހޮރައިޒަން ފިޝަރީޒް އިން ބުނެފައި ވަނީ ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތައް ގޮތަށް އެ ކުންފުންޏަށް މަސް ގަނެ ތެލެއް ނުވިއްކޭނެ ކަމަށާއި އެކި ސަބަބުތަކާ ހުރެ، މަސް ގަތުމުގެ އިންތިޒާމް ފަސޭހަ ކުރުމަށް ކުރަމުން ދާ މަސައްކަތަށް ވަނީ ދަތިތައް ކުރިމަތިވެފައި ކަމަށެވެ. އެ ދަތިތައް ހައްލުކޮށް މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހޮރައިޒަން ފިޝަރީޒް ކުންފުންޏަކީ ޖުމްހޫރީ ޕާތީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެކެވެ.
ރައްޔިތުންނައްއޯގާތެރި ކަމެއް އޮތިއްޔާ ސަރުކާރުން ިކަމައް ހައްލެއް ހޯއްދަވާ ދެއްވާއަދި މާންދޫ ފެކްޓަރީހިންގުން މިފުކޯއާއި ހަވާލުކޮއް މިމުޅި ދުނިޔެ ބަނޑުއަޅަން އުޅޭ އަނިޔާވެރި ބުރުމާގެ މުސީބާތުން މަސްވެރިން ސަލާމައް ކޮއް ދެއްވާ