އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މިހާރުގެ އެމްޑީ އަހުމަދު ޝަރީފް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އީސީގެ ރައީސްގެ މަގާމު އަދާކުރުމުގެ ކުރިން ޝަރީފު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތްތައް ކުރައްވާފައެވެ. އަދި 2018 ގެސ ރިޔާސީ އިންތިހާބަށްފަހު އެ އިންތިހާބުގެ ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތު އިދިކޮޅުން އަދިވެސް އަންނަނީ ޝަރީފްގެ މައްޗަށްކުރަމުންނެވެ.

މި އަހަރުގެ މާޗު މަހު ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަންކުރި ޝަރީފް އެމްޑީޕީއަށް ސޮއިކުރެއްވިކަން އެ ޕާޓީއިން ވަނީ އިއުލާންކޮށްފައެވެ،

މީގެ އިތުރުން އީސީގެ ނައިބު ރައީސަކަށް އޭރު ހުންނެވި އަހްމަދު އަކްރަމް އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. އީސީގެ މެންބަރު ކަމަށް ވަޑައިގަތުމުގެ ކުރިން އަކްރަމް ވަނީ އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްކަން ވެސް ކުރައްވާފައެވެ.