ހ. ކަރަންކާ މަގުގައި ހުރި ފަޅު ގެއެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

އެހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 09:23 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގި ވަގުތު ގެ ކައިރީގެ ބައެއް ގެތަކުން މީހުން ވެސް ހުސްކުރަން ފެށިއެވެ

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ހ. ސާޒް ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ. އަދި އަލިފާން ރޯވީ ކުނިތަކެއްގައި ކަމަށެވެ. މިހާދިސާގައި އެކަކަށް ވެސް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.