އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެންބަރުން އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

އެމްޑީޕީން ބުނީ، އެ ކައުންސިލްގެ ހުރިހާ މެންބަރުންނާ އެކު އެ ރަށުން 50 މީހުންގެ އެ ޕާތިއަށް ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ފޯމްތައް ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ހަވާލު ކޮށްފައި ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ޕާޓީތަކަށް މެންބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސްންގެ މަގާމު ފުރުއްވި އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނީކު (ރީކޯ މޫސަ) ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުގައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 58،840 މެންބަރުންނެވެ.