ވޯލްޑް ކަޕް ސެމީގެ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި އުރީދޫ މޯލްޑިވްސް އިން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިން ރޭ ހޮވައިފިއެވެ.
މި ހަތަރު ނަސީބުވެރިން ސެމީ ފައިނަލް މެޗު ބަލަން ގަތަރަށް ދިއުމުގެ ހުރިހާ ހަރަދެެއް ބަލަހައްޓާނީ އުރީދޫންނެވެ.
ވޯލްޑުކަޕުގެ ސެމީ ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރިން:
- މަރިޔަމް ޝަބްނަމް
- އަހުމަދު ޝިހާމް
- ހާފިޒު ސައީދު
- ސޮމޮރަތަނާ ޔޮޑޭޖް
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ.
އުރީދޫން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް އެ ކުންފުނީގެ ހިދުމަތް ހޯދަންފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
މިގޮތުން ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން މި ޕްރޮމީޝަނުގައި ވަނީ ބައިވެރިކުރުވާފައެވެ.