ވޯލްޑް ކަޕް ސެމީގެ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި އުރީދޫ މޯލްޑިވްސް އިން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިން މިރޭ އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ، އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވުން އޮންނާނީ މިރޭ 11:00 ގައި ކަމަށެވެ.

މިލަކީޑްރޯގެ ގުރުއަތު ނެގުން ރާއްޖެ ޓީވީއިން ވަގުތުން ދައްކާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު 4 ނަސީބުވެރިއަކަށް ހޮދުމުގެ ފުރުސަތު ހުޅުވާލިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް ބަލާލަން ގަތަރަށް ދިއުމަށް ކުރިއަށްދާ ލަކީ ޑްރޯގައި އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި ޕްލޭނަކަށް އަޕްގްރޭޑް ކުރައްވާ ކަސްޓަމަރުންނާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރައްވާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށް އުރީދޫއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅުނު ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި ހިމެނި ހަފުތާއަކު ހިތްގައިމު އިނާމުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.