ތިރީސް ފަސް އަހަރު ފަހުން މަންމަގެ އަޑު ދަރިފުޅަށް އިވިއްޖެއެވެ.
އެޑުއާޑޯ ނަމަކަށް ކިޔާ މި ފިރިހެން މީހާގެ ކަންފަތުގެ އިވުމުން މަހުރޫމުވީ އުމުރުން އެންމެ ދެ އަހަރުގައެވެ. މެނުންޖައިޓިސް ނަމަކަށް ކިޔާ އިންފެންކްޝަނެއް މުޅި ހަށިގަނޑުގައި ފެތުރި އޭގެ ސަބަބުން ދެ ކަންފަތުގެ އިވުމުން އޭނާ މަހުރޫމުވިއެވެ. އިންސްޓަގްރާމަށް އާންމުވި ވީޑިއޯ އިން ފެނިގެން ދަނީ މަންމަ އަކު އޭނާގެ ދަރިފުޅުގެ ނަމުން ގޮވުމުން ދަރިފުޅަށް މަންމަގެ އަޑުއިވުމުން ކުރާ އިހުސާސްތަކުގެ ވީޑިއޯ ކްލިޕެކެވެ. މި ވީޑިއޯ އާންމުކުރިތާ ގަޑިއިރެއް ނުވަނީސް ވީޑިއޯ އަށް ވަނީ 1.3 މިލިއަން ވިއުސް ލިބި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
އެޑުއާޑޯގެ މަންމަ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދަރިފުޅު އުމުރުން އެންމެ ދެ އަހަރުގައި ދިމާވިކަމަކުން ކަންފަތް ބީރުވެގެން ދިޔަ ނަމަވެސް އޭނާގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެދުވަސްވަރު ސައިން ލޭންގުއޭޖް ދަސްކޮށް ދަރިފުޅާ ވާހަކަ ދައްކަމުން ގެންދިޔައިރު ހިތުތެރޭގައި އަބަދުވެސް ދަރިފުޅަށް އަޑުއިވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އެތައް ތަނަކަށް ގޮސް ބޭސްފަރުވާކޮށް އެންމެފަހުން މަންމަގެ ހުވަފެން ހަގީގަތަކަށް ވީއެވެ. މި ވީޑިއޯގައި އެޑުއާޑޯ އާއި އޭނާގެ މަންމަ އުފަލުން ރޯތަން ފެންނައިރު ވީޑިއޯ އަށް ކޮމެންޓް ކުރި އެންމެންވެސް ބުނީ ވީޑިއޯ ބެލުމަށް ފަހު ރޮވިއްޖެ ކަމަށެވެ.
ދެން ވީޑިއޯ ވެސް ލިނަމަ ދޯ
ވީޑިއޯކޮޅު ކޮބާ؟