ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ޖޭއެސްސީއަށް ހުށަހަޅާ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އަދި ތަހުގީގު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ތަހުގީގުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިޢާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާނެކަމުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެ ކަމަށެވެ.
އަދި މި ގާނަށް ގެނައި އިސްލާހުގެ ދަށުން، ތަހުގީގު ކޮމިޓީން ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިޝަނުން ފޮނުވަންވާނެކަމަށާއި، ތަހްގީގު ކޮމިޓީގެ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައިކަމުގައި ވެސް ބަޔާންކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މީގެ އިތުރުން ވެސް މި ގާނޫނަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި ބިލު ތަސްދީގު ކުރުމާ ގުޅިގެން، ޖޭއެސްސީގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ.
ރައްޔިތުން ހޯދާ އާމްދަނީން ސަރުކާރަށް ޓެކްސް ނެގެން ޖެހޭނީ އެއީ ސީދާ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ވޯޓްލާމީހުންގެ %95 އަށް ވުރެން މަތިން އެކަމަށް ތާއީދު ލިބިގެންނޭ އެނޫން އެއްވެސް ހާލަތެއްގައި ރައްޔިތުންގެ އަތުން ޓެކްސް ނެގިގެން ނުވާނެއޭ މިހާރުވެސް ލެމަން ގްރާސް ފަދަ އައްޑޫ ވަގުން ހިންގާ ތަންތަނުން ސާރވިސް ޗާރޖް ނަގަނީ އެއީ ވެސް އެއްވެސް ގާނޫނެއްގެ ދަށުން ނޫނޭ އެވެސް އެމީހުން ކުރާ ވައްކަން ތަކޭ ހަގީގަތް ބަލާއިރު މިވެސް އެމްޑީޕީ އަށް ޚަރަދު ކުރާ ވަގުންނޭ މިވަގުން ތައް ރަައްޔިތުން އަތުން ސާރވިސް ޗާރޖް ނަމުގައި ނަގާ ފައިސާ ޚަރަދުކުރަނީ އެމްޑީޕީ އަށޭ އެއީ ވެސް ވައްކަން ކުރާ ވަގުންނަށް އިތުރަށް ވައްކަން ކުރަން ފުރުސަތުދޭންއޭ އެއްގޮތަކަށް ވެސް މިރާއްޖޭގައި ދެން ޓެކްސް ބޮޑު ކޮށްގެން ނުވާނެއޭ ރައްޔިތުންގެ ރުހުމެއް ނެތި އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ފާސްކޮށްގެންނޭ ރައީސް އިބޫ އަކީ އެއީ ބޮޑު ވަގެކޭ