އެސްޓީއޯއިން ބޮކްސް ލައިޓް ޕްރޮޖެކްޓަރު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯ ބުނީ ހޭވައްލާ ތައްޔާރު ޕްރޮމޯޝަންގެ ދަށުން ހެޔޮއަގުގައި ބޮކްސް ލައިޓް ޕްރޮޖެކްޓަރު އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. މިގޮތުން ބޮކްސް ލައިޓް ޕްރޮޖެކްޓަރު (ALX320) ލިބެން ހުންނާނީ 9،999އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.
ބޮކްސް ލައިޓް ޕްރޮޖެކްޓަރު (ALX402 ) 12،800އަށް ހުންނައިރު ބޮކްސް ލައިޓް ޕްރޮޖެކްޓަރު (ALX502) 15،300 އަށް ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން ބޮކްސް ލައިޓް ޕްރޮޖެކްޓަރު (KTU600) 27،600އަށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންއަކީ އެސްޓީއޯ އިން މި އަހަރުގެ ވޯލްޑް ކަޕާ ގުޅިގެން ކުރިޔަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު 30، 2022 ގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނީ، ޕްރޮމޯޝަން ކުރިޔަށް ގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށެވެ.
މިޕްރޮމޯޝަންގެ ދަށުން ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 ޕްސަންޓާ ހަމައަށް ޑިސްކައުންޓާއި ބައްލަވައިގަންނަ 50 އިންޗީ (މޮޑެލް 50PUT8115/98)ގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާ އެއް ހިލޭ އަދި ކޮންމެ ޓީވީއަކާއެކު ބްރެކްޓް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، ގްރޭންޑް އިނާމެއްގެ ގޮތުގައި އެއްވަނަ އިނާމް އައިފޯން 14 ޕްރޯ މެކްސްއެއް، ދެވަނަ އިނާމް ޕީއެސް 5 އެއް ވީއާރް އަދި ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވޮއުޗާނޯޓް ލިބޭނެ ކަމަށެވެ. މި ވޮއުޗާގެ ދަށުން ނެގޭނީ ގެއާއި ބަދިގޭ ސާމާނު ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ވެސް ފިހާރައިން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ލަކީ ޑްރޯގައި ބައިވެރިވެވެނީ ކިހިނެތް؟
އެސްޓީއޯއިން ބުނީ، ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.