އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ރަސްދޫގެ ފިންސް ޑައިވް އެންޑް ލެޝާ ހޮޓަލަށް މިހާރު ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ.
އުރީދޫން ބުނީ، ކުރިއަށް އޮތް ދިގު ހަފުތާ ބަންދުގައި އާއިލާ ނުވަތަ ރައްޓެހިންނާއެކު ޕްލޭނެއް ހަދާލައި ތަނަކަށް ދާން ބޭނުންވާ ނަމަ ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ކަަމަށެވެ. އއ. ރަސްދޫގައި ހުންނަ ފިންސް ޑައިވް އެންޑް ލެޝާ ހޮޓެލަށް ހަފުތާ ބަންދު ހޭދަކޮށްލަން ގޮސް އެތަނަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫން ބުނެއެވެ.
އެމްފައިސާއިން މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައި ވާތީ އޭގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ކުރިއަށްވުރެ ފަސޭހަ ވެގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫ އެމް ފައިސާ އަކީ ފަސޭހައި ބިލުތައް ދެއްކޭގޮތަށް ތައާރަފު ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓަށް ބީއެމްއެލް އާއި އެމްއައިބީ އާއި އެސްއައިބީ އެކައުންޓުތައް މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ.
އެމްފައިސާ ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ.
އެމްފައިސާގައި ރަޖިސްޓްރީ ވުމަށް، އުރީދޫ އެމްފައިސާ އެޕް ޑައުންލޯޑޮށް އެމް ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު އެމްފައިސާގެ އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާނީއެވެ. އެއަށްފަހު މޮބައިލް ނަންބަރާއި ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާނީއެވެ.