ދެވަނަ ބޮޑުހަނގުރާމައަށް ފަހު، ދުނިޔެ މިހާރު ދެކެމުން މިދަނީ އެންމެ ގޯސް ދުވަސްވަރު ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

އަހަރަކު އެއްފަހަރު ބާއްވާާ ވަލްދާއި ފޯރަމްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، ހުޅަނގުން ހިންގާ ޕްރޮޕެގެންޑާގެ ސަބަބުން ބައެއް ގައުމުތަކުން ރަޝިއާ އާ ފެއަށް ޖެހޭ ކަމަށާއި، ރަޝިއާއިން ނިއުކްލިއާ ހަތިޔާރެއް ބޭނުން ކޮށްފާނެ ކަމަށް ބުނެ ހުޅނަގުން ފަތުރަނީ ދޮގު ކަމަށެވެ.

ޕުޓިން އިތުރަށް ވިދާޅުވީ، ރަޝިއާއިން ނިއުކްލިއާ ބޭނުން ކުރާނެ ވާހަކަ ވިދާޅުވެފައި ނުވާނެ ކަމަށާއި، ހުރިހާ މާނައެއްގައި ރަޝިއާ ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވީ، ރަޝިއާއަށް ތުހުމަތުކޮށް ހުޅަނގުން ދައްކާ ވާހަކައިގެ ރައްދެއްގެ ގޮތުން ކަމަށެވެ.

ރަޝިއާއަށް ތުހުމަތުކޮށް އެންމެ ގިނައިން އެވާހަކަ ދައްކަވާ އެއް ބޭފުޅަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ. އެތަން މަގާމެއްގައި އެތައް ޝޯ އެއްގައި ބައިޑަން ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ. ބައެއް ފަހަރު ރަޝިއާއިން ނިއުކްލިއާ ބޭނުން ކޮށްފާނެ ކަމަށް ވިދާޅުވާ އިރު، އަނެއްބައި ފަހަރު ރަޝިއާއިން ވަރަށް ނުރައްކާ ގޭމެއް ކުޅުއްވާކަމަށް ތުހުމަތު ކުރައްވައެވެ.

ހުޅަނގުން މިވާހަކަތައް އަޑުއަހާ އިރު، ހުޅަނގުގެ ގުޅިފައި އޮންނަ އަސްކަރީ ޖަމާއަތް، ނޭޓޯއިން ވެސް ގެންދަނީ އެ ތަރުޖަމާގެ މައްޗަށް ވާހަކަދައްކަމުންނެވެ.

ހުޅަނގާއި އެމެރިކާގެ ޕްރޮޕެގެންޑާ ވާހަކަތަކާ ގުޅިގެން ޕުޓިން ވިދާޅުވީ، އެމީހުން ކުޅެމުންދަނީ ވަރަށް ނުރައްކާ ހުތުރު ގޭމެއް ކަމަށާއި އެމީހުންގެ ބޭނުމަކީ، ދުނިޔޭގެ ގައުމުތަކާ، ރަޝިއާ އެކަހެރިކޮށްލުން ކަމަށެވެ. ނަމަވެސް ހުޅަނގަކީ މިހާރު ދުނިޔެއަށް ބަސް ކިޔާން ތިބި މީހުން ނޫން ކަމަށާއި އެކަން ކުރެވޭތޯ ކެނޑިނޭޅި އަދިވެސް މަސައްކަތް ކުރަމުން ދާ ކަަމަށެވެ. އަދި ވިދާޅުވީ، މުސްތަގުބަލުގައި ދުނިޔެއަށް ބަސްކިޔަން ތިބޭނީ ރަޝިއާވެސް ޝާމިލްވާ ގޮތަށް ކަމަށާއި ރަޝިއާ ހަލާލު ކުރަން އެމެރިކާއާއި ހުޅަނގުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ކުރަމުން އަންނަތާ 8 މަސް ފުރިގެން ގޮސްފައި ވާ އިރު ދެފަރާތަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. ރަޝިއާގެ ފައުޖުތަކުގެ އެތައް ހާސް ބަޔަކު މަރުވެފައި ވާ އިރު، ޔޫކްރައިންގެ 15 ޕަސެންޓް ބިން ރަޝިއާއިން މިހާރު ވަނީ އަމިއްލަ ކޮށްފައެވެ.

ޔޫކްރައިންގެ އެކި ރަށްރަށާއި، އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ އިތުރުން އެތައް ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

ރަޝިއާއިން ބުނާ ގޮތުން، ޔޫކްރައިން ހަނގުރާމަ އަދި އަވަހަށް ނިމޭކަށް ނެތެވެ.