ގދ ފަޅުރަށަކުން މަސްތުވާތަކެތި ފެނުނު ކަމަށް ކުރިން ބުނެވުނީ އޮޅުމަކުން ކަމަށާައި އެތަކެތި ހޯދީ ގދ. ހޯޑެއްދޫ ވަލުތެރެއިން ކަމަށް ފުލުހުން ފަހުން ބުނެފިއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯޑެއްދޫ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށާއި އެ ރަށުން މަސްތުވާތަކެތި ހޯދާފައި ވަނީ ވަޅުލާފައި ހުއްޓާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.