އީޖާދީ ހިޔާލުތައް އެއްތަން ކުރުމަށް ޔޫއެންޑީޕީއާ ގުޅިގެން އުރީދޫ މޯލްޑިވްސް ހިންގާ މިޔަހެލި 2022 ގައި ރާއްޖޭގެ ޖަމިއްޔާތަކުން ބައިވެރިވުުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މިޔަހެލި 7 ވަނަ އެޑިޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީމި މަހުގެ 19 ވަނަ ދުވަހު އެވެ. އުރީދޫން ބުނީ، އެހެން އަހަރުތަކާ ހިލާފަށް 2022 ވަނަ އަހަރުގެ ސޯޝަލް އިނޮވޭޝަން ޗެލެންޖަކީ މަދަނީ ޖަމިއްޔާތަކަށް "އިނޮވޭޝަން ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މި ޝިއާރުގެ ދަށުން ހުޅުވާލެވިފައިވާ ޗެލެންޖެއް ކަމަށެވެ. މިޔަހެލި 2022 އަށް ޝައުގުވެރިވާ މަދަނީ ޖަމިއްޔާތަކުން ރަޖިސްޓާ ވުމަށް މި ލިންކަށް ޒިޔާރާތްކޮށްގެން ފުރިހަމަ ކޮށްލެވޭނެ ކަމަސް އުރީދޫން ބުނެއެވެ.

"ޔޫއެންޑީޕީ މޯލްޑިވްސްއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދުމާއި، މުޖުތަމައުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މިޔަހެލި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު މި އަހަރުވެސް ހުޅާވަލީ ނުހަނު އުފަލާއެކު. މިއަހަރުގެ މިޔަހެލިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާޖަމާއަތްތަކުގެ ހިޔާލުތައް ހަގީގަތަކަށް ހަދައި، ރައްޔިތުންނަށާއި، އަޅުގަނޑުމެންގެ ދުނިޔެއަށް ފާގަތި މުސްތަގްބަލެއް ކަށަވަރުކުރުމަށްޓަކައި ފުރުސަތުތައް ތަނަވަސްކޮށް، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް. މިއަހަރުގެ ބައިވެރިންގެ ފަރާތުންވެސް އީޖާދީ އަދި މުހިންމު ހައްލު ތަކާއެކު ވަރަށް ފުރިހަމަ ކޭމްޕް އެއް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް."
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ބައިވެރިވާ ޓީމުތަކަށް ބޭނުންވާ ވަސީލަތްތަކާއި އިތުރު އިލްމާއި އިރުޝާދު މެންޓަރުންނާއި ފެސިލިޓޭޓަރުންގެ ފަރާތުން އެފަރާތްތަކުގެ ހިޔާލުތައް ބިނާކުރުމަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫން ބުނެއެވެ. ބައިވެރިވާ ޓީމްތަކަން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިސްނައިގެން ގެންނަން ބޭނުންވާ މުހިންމު އިޖުތިމާއީ ބަދަލުތައް ދެނެގަނެ އެ ހިޔާލުތައް އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫ މޯލްޑިވްސް އާއި ޓެކްނިކަލް ދާއިރާތަކުން ބައިވެރިވާ މެންޓަރުން އެހީތެރިވުމަށް ޓީމްތަކާއެކު ހަރަކާތްތެރިވާނެ ކަމަށް އުރީދޫން ބުނެއެވެ.

މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖުގެ ސަބަބުން މަދަނީ ޖަމްއިއްޔާތަކުގެ އާންމު ހަރަކާތްތަކުގެ ބޭރުން އީޖާދީ ހައްލުތައް ހޯދުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިޔަހެލި ކޭމްޕްގައި ބައިވެރިވުމަށް 13 މަދަނީ ޖަމިއްޔާއެއް ހޮވުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 3 ޖަމިއްޔާއެއްގެ ހިޔާލު ޕައިލެޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މޮޅުވާ ތިން ޓީމަށް ތިން ލައްކަ ރުފިޔާގެ ސީޑް ފަންޑިންއާއި، ހުށަހަޅާފައިވާ ބަޖެޓާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެންޓަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ހިޔާލުތައް ކުރިއެރުވުމަށް މިޔަހެލި ޕްރޮގްރާމް އިން މަސައްކަތްކުރާނެ ކަމަށް އުރީދޫން ބުނެއެވެ. މިޔަހެލީގެ ގްރާންޓް ލިބޭ 3 ފަރާތުން 2 ސްލޮޓް ހާއްސަ ކުރާނީ ސ މާލެ ސަރަހައްދުން ބޭރުގައި ހިންގާ މަދަނީ ޖަމިއްޔާތަކަށް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫއާ ގުޅިގެން ޔޫއެންޑީޕީން މި ކޭމްޕް ހިންގަމުން މި ދަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.