ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 25,636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުން ހިމެނެއެވެ.

އޭގެ އިތުރުން 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި ޕޭވްމަންޓެއް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭއިރު އެ މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން 47.01 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.