އުމުރުން ވިހީގެ އަހަރުތަކުގައި މަސްތުވާތަކެއްޗަށް އެޑިކްޓްވި "ފްރެންޑްސް" ގެ ތަރި މެތިއު ޕެރީ އެކަމުން އަރައިގަތުމަށް އެންމެ އެހީތެރިވީ އެ ޝޯގައި އޭނާ އާއެކު ހަރަކާތްތެރިވި ޖެނިފާ އެނިސްޓަން ކަމަށް މެތިއު ބުނެފިއެވެ.

ޑަޔަން ސޯޔާ އަށް ދިން އިންޓަވިއުގައި މެތިއު ބުނީ އުމުރުން 20 އަހަރުގައި އޭނާ ޑްރަގު ބޭނުންކުރުމަށް ދެވިހިފިކަމަށާއި އޭރު އެންމެ ގާތް ރަހުމަތްތެރިޔަކީ ރާ ކަމަށެވެ. އެދުވަސްވަރަކީ "ފްރެންޑް" ސިޓްކޮމް ކުޅެމުން އައި ދުވަސްވަރުވެސް މެއެވެ. މެތިއު ބުނީ ފްރެންޑްސް ގައި ކުޅުނު ގިނަ އެޕިސޯޑުތަކެއް އޭނާ ހަނދާން ނުހުންނަ ކަމަށެވެ. އަދި ރަލުގެ ސަބަބުން ކޯމާއަކަށްވެސް ދިޔަ ކަމަށެވެ.

މެތިއު ބުނީ ފްރެންޑްސް ކުޅުނު ދުވަސްވަރު އެނިސްޓަން އޭނާ އާ ކުރިމަތިލި ކަމަށާއި އެކަމުން އަރައިގަންނަށް އޭނާގެ އަތުގައި އެނިސްޓަން ހިފިކަމަށެވެ. މުޅި އުމުރު ދުވަހު އެނިސްޓަން އަށް ޝުކުރުވެރިވާ ކަމަށް މެތިއު ވަނީ ބުނެފައެވެ. އެހީތެރިކަމެއް ބޭނުންވި ކޮންމެ ގަޑިއެއްގައި އެނިސްޓަން ހުންނަ ކަމަށާއި މަގުން ކައްސާލާ ދަނޑިވަޅެއްގައި އަތުގައި ހިފާ ކޮޅަށް ނަގަން އެނިސްޓަން ހުރި ކަމަށް މެތިއު ވަނީ ބުނެފައެވެ.

"އެޑިޝްނަނުން ސަލާމަތްވުމަށް އެންމެ އެހީތެރިވީ އެނިސްޓަން. އެކަމަށް އޭނާ އަށް އަބަދުވެސް ޝުކުރުވެރިވަން،"

މި އިންޓަވިއު ދައްކާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

"ފްރެންޑްސް" ކުޅެގެން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި މެތިއު ޕެރީ މިހާރު އަންނަނީ އޭނާގެ ބައޮގްރަފީ "ފްރެންޑްސް، ލަވާސް އެންޑް ދަ ބިގް ޓެރިބަލް ތިންގް" ގައި މަސައްކަތް ކުރަމުންނެވެ. އެ ނޮވެލް ނެރޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.