މަގުމައްޗަށް ގެއްލުނު ދަބަހެއްގަ އޮތް ކޭޝް ކާޑަކުން ވިޔަފާރިކުރި މީހަކު ހޯދަން ފަށައިފިއެވެ.

ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަމުންދާ ކަމަށެވެ.

އެ މީހާއަކީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ މާސްކެއް އަޅާފައި ހުރި ފިރިހެނަކު މަގުމަތިން ހިނގާފައިދާ މަންޒަރެވެ.

https://www.youtube.com/watch?v=kZKJVKk68J0&t=28s

ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ ހިއްސާކުރަން އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ޝުކުރުއަދާކުރެއެވެ.