ގަތަރަށް ގޮސް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލަން އުރީދޫއިން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާން ކައިރިވެއްޖެއެވެ.
އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ވަނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު 4 ނަސީބުވެރިއަކަށް ހޮދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޮގަސްޓް މަހުން ފެށިގެން މި މަހުގެ ނިޔަލަށް އެ ފުރުސަތު އުރީދޫއިން ހުޅުވާލައިފާވާއިރު އެ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން އަންނަނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސާއި އެއާޕޮޑާއި އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ކޮންމެ ހަފުތާއަކު 10 ނަސީބުވެރިންނަށް ދެމުންނެވެ.
މުޅި ރާއްޖެއަށް 4ޖީ ޕްލަސް ނެޓްވޯކް ކަވަރޭޖްގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ދާދި ފަހުން ވަނީ މާލެ، ހުޅުމާލެ ފޭސް 1، ވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް 5ޖީ ކަވަރޭޖް ފުޅާކޮށް އާބާދީގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ މަގު ފަހިކޮށްދީފައެވެ.
އުރީދޫއިން ބުނީމިހާރުގެ ޕޯޓްފޯލިއޯގައި އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 ޕަސެންޓު ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 30 ޕަސެންޓް އިތުރު ޑޭޓާ އަދި ފަސޭހާ ބްރޯޑްބޭންޑް ޕްލޭންތަކަށް 25 ޕަސެންޓް އިތުރު ޑޭޓާ ފޯރުކޮށްދޭ ކަމަށާއި މުޅިއަކު 40 ޕަސެންޓާ ހަމައަށް އަގުތަށް ވަނީ ލުއިކޮށްފައި ކަމަށެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ފައިބާ ސުޕަނެޓް ބްރޯޑްބޭންޑް ޕްލޭންތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު އާ 4 ޕްލޭނެއް ތައާރަފްކޮށް 100 ޕަސެންޓަށް ޑޭޓާ އެލަވަންސް އިތުރުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް ޑޭޓާ ރޯލްއޯވާގެ ހިދުމަތް އުރީދޫއިން ވަނީ ދޭން ފަށާފައެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލް ބަލާލަން ގަތަރަށް ދިއުމަށް ކުރިއަށްދާ ލަކީ ޑްރޯގައި އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި ޕްލޭނަކަށް އަޕްގްރޭޑް ކުރައްވާ ކަސްޓަމަރުންނާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރައްވާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅުނު ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި ހިމެނި ހަފުތާއަކު ހިތްގައިމު އިނާމުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.