އެންގޭޖްކުރުމަށް އެޅުވި އަނގޮޓި އަކީ 50 ހާސް ޑޮލަރުގެ އަގުހުރި އަގޮޓިއެއް ކަމަށް ބުނެ އެންގޭޖްވުމަށް ފަހު އަނގޮޓީގެ އަސްލު އަގު އެނގުމުން އަންހެން މީހާ ކައިވެނިކުރުން ކެންސަލް ކުރުމަށްފަހު ފިރިހެން މީހާ އާ ރުޅިވެއްޖެއެވެ.
ލިޑިއާ ނަމަކަށް ކިޔާ މި އަންހެން މީހާ އެންގޭޖްވީ އޭނާގެ ލޯބިވެރިޔާ ސެތް އާއެވެ. ސެތް އޭނާއަށް ޕްރޮޕޯސްކުރުމުން ލިޑިއާ ވަރަށް އުފަލުން ހުރެ އޭނާގެ ދައްތަ ގާތު އެންގޭޖްވެއްޖެކަމަށް ބުނެ އަނގޮޓި ދައްކާ ފޮނި ކެނޑި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އަނގޮޓީގެ އަގު ބުނުމުން ލިޑިއާގެ ދައްތަ ވެސް އާޝޯހުވީ އެހާ އަގުބޮޑު އަނގޮޓިއެއް ދިނުމުންނެވެ.
އެންގޭޖްވިތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނި ހަފްލާ ދެފަރާތުގެ އާއިލާ ވެސް ރާވަމުން ދިޔައެވެ. އަދި ކައިވެނި ކުރުމުންގެ ކުރިން ލިޑިއާ ބޭނުންވީ އޭނާގެ އަނގޮޓި ވެސް ރީތިކޮށް ސާފުކުރާށެވެ. އެހެންވެ ގަހަނާ ހަދާ މީހެއް ގާތަށް ގޮސް ލިޑިއާ އެ އަނގޮޓި ވަނީ ސާފުކޮށްފައެވެ. އަދި އެމީހާ ގާތު އަނގޮޓި އުޅޭނީ ގާތްގަނޑަކަށް ކިހާ ވަރަކަށްތޯ ވެސް ލިޑިއާ އެހިކަމަށްވެއެވެ. ގަހަނާ ހަދާ މީހާ ބުނީ އެ އަނގޮޓި ހަދާފައި ވަނީ އާދައިގެ މައުދަނުން ކަމަށާއި އަނގޮޓީގެ އަގަކީ އެންމެ ގިނަވެގެންވެސް 30 ޑޮލަރުކަމަށެވެ.
ގަހަނާ ހަދާ މީހާގެ ވާހަކަ އަޑުއިވިފައި ލިޑިއާ ގެއަށްގޮސް ސެތު ގާތު ސުވާލުކުރުން ސެތު ހަގީގަތަށް އަނގޮޓީގެ އަސްލު އަގު ބުންޏެވެ. އަނގޮޓީގެ އަސްލު އަގު ފަޅާއެރުމުން އެންގޭޖްމަންޓް ރޫޅާލުމަށްފަހު ލިޑިއާ ވަނީ ކައިވެނި ވެސް ކެންސަލް ކޮށްފައެވެ.
“ލިޑިއާ ނަމަކަށް ކިޔާ މި އަންހެން މީހާ އެންގޭޖްވީ އޭނާގެ ލޯބިވެރިޔާ ސެތް އާއެވެ.“ ލޯބިވެރިޔަކަށް ނުވެވުނެއްނު؟
ތިހެން ނުވަނެ ދިވެހިންނަކަށް. ދިވެހިން އަޅަނީ ރީތި ޑިޒައިނަކަށް ހާދަ ހުންނަ ޢާދައިގެ އެސްޖެހި ސިލްވަރ އަނގޯޓި.
ދޮގުހެދީމަ އެހެން ވާޖެހޭނީ . އެންގޭޖް ވިއިރު ދޮގުހެދި އިރު މުޅި ހަޔާތުގެ ބާކީ އޮތް ބައި ދޮގެއްގެ މައްޗަށް ފެށުން ރަގަޅެއް .ނޫން .