އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ތުލުސްދޫގެ ޑްްރީމް އިން ގެސްޓް ހައުސްއަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ބުނީ، ޑްރީމް އިންގައި ބުކިން ހައްދަން އުރީދޫގެ އެމްފައިސާ ބޭނުން ކުރެވޭނެ ކަމަށެވެ.

އޭގެ ސަބަބުން ފައިސާ ދެއްކުން ކުރިއަށްވުރެ ފަސޭހަވެގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ޑްރީމް އިން ގެސްޓް ހައުސް އިން އެކްސްކާޝަންތަކާއި އަދި ތަފާތު އެކްޓިވީޓީތައް ތަޖުރިބާ ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫ އެމް ފައިސާ އަކީ ފަސޭހައި ބިލުތައް ދެއްކޭގޮތަށް ތައާރަފު ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓަށް ބީއެމްއެލް އާއި އެމްއައިބީ އާއި އެސްއައިބީ އެކައުންޓުތައް މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ.

އެމްފައިސާ ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ.

އެމްފައިސާގައި ރަޖިސްޓްރީވުމަށް، އުރީދޫ އެމްފައިސާ އެޕް ޑައުންލޯޑޮށް އެމް ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު އެމްފައިސާގެ އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާނީއެވެ. އެއަށްފަހު މޮބައިލް ނަންބަރާއި ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާނީއެވެ.