އުރީދޫ ނޭޝަން އިން މުޅިއަކު 15000 ރުފިޔާގެ އިނާމުތަކާއެކު އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 3 ގައި ރަޖިސްޓާ ވާން ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ، އުރީދޫ ނޭޝަން އިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 3 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އޭގައި ރެޖިސްޓާ ވާން ބޭޏުންވާ ފަރާތްތަކުން މި ލިންކަށް ޒިޔާރާތް ކޮށްލުމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިންގް މެޗް ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ދެ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި މިހާރު ހުޅުވައިލާފައި ވަނީ ތިންވަނަ ކޮލިފައިން ސީރީޒްއެވެ.
އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާގެ އިތުރުން ޓީމް މެންބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ މި މަހުގެ 15 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 3 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައި ވަނީ ތިރީގައި މިވާ ގޮތަށެވެ.
- ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
- 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
- 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ
ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށް ފަހު، 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ. މޮޅުވެފައިވާ ޓީމްތަކަކީ:
- ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ
- 2 ވަނައަށް މޮޅުވި ފަރާތް: ކޭއެޗް އީސްޕޯޓްސް
- 3 ވަނައަށް މޮޅުވި ފަރާތް: އެލްއެންއެން ސްޕީޝީސް
ސެޕްޓެމްބަރު މަހު ބޭއްވުނު މީގެ ދެވަނަ ސިލްސިލާގައި ވަނީ 500 ގޭމަރުންނާއެކު 89 ޓީމަކުން ވާދަ ކޮށްފައެވެ. ގަދަ ހިފުމަކަށްފަހު އެ މުބާރާތް ނިމިގެން ދިޔައީ އެންމެ މޮޅު 3 ޓީމުން އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޖާގަ ހޯދައިގެންނެވެ. އެ ޓީމް ތަކަކީ:
- ޗެމްޕިއަން ޓީމް: އެސްޑީއެމްޒީ އީސްޕޯރޓްސް
- 2 ވަނައަށް މޮޅުވި ފަރާތް: އާރްޖީސީ އޯޕެކްސް
- 3 ވަނައަށް މޮޅުވި ފަރާތް: އީ2އެސް އަކަޓްސުކި
އުރީދޫން ބުނީ އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 3ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ ކަމަށެވެ. އަދި އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓްގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ނޮވެމްބަރު މަހުއެވެ.
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި 100،000 ރުފިޔާގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަ ކުރާނެ ކަމަށް އުރީދޫން ބުނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ޑިސެމްބަރު މަހުއެވެ.
އުރީދޫ ނޭޝަން އިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ހުޅުވާލި "އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް މަރުހަބާ ކިޔާފައެވެ.