ބީއެމްއެލް މެދުވެރިކޮށް އޮންލައިން ކޮށް ކުރާ ފައިސާގެ މުއާމަލާތްތަކުގައި އެއް ފަހަރު ބޭނުން ކުރެވޭ ޕާސްވޯޑްގެ ގޮތުގައި ފޮނުވާ އޯޓީޕީ ޖަހާ ސްކްރީންގެ ޑިޒައިން ބަދަލު ކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، އެ ސްކްރީންގެ ޑިޒައިން ބަދަލުކޮށްފައި ވަނީ ޕޭމަންޓް ގޭޓަވޭ އަޕްގްރޭޑް ކޮށް ޑިޒައިންނަށް ގެނައި ބަދަލާ އެކުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އާ ސްކްރީން ފެންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
ފައިސާގެ މުއާމަލާތް ކުރާ އިރު އޯޓީޕީ ކޯޑެއް ގެ ގޮތުގައި އެއް ފަހަރު ބޭނުން ކުރެވޭ ކޯޑެއް ބީއެމްއެލް އިން ފައިސާގެ މުއާމަލާތް ކުރާ ފަރާތަށް ފޮނުވައެވެ. މި ކޯޑް މީގެ ކުރިން ފޮނުވަނީ މޯބައިލް ފޯނަށާއި އީމެއިލް އަށެވެ. ނަމަވެސް ފަހުން ގެނައި ބަދަލާ އެކު މޯބައިލް އާއި އީމެއިލް ގެ އިތުރުން ޓޯކަން ގެ ގޮތުގައި ފީޗާއެއް ވަނީ ހިމްނާފައެވެ.
ފައިސާގެ މުއާމަލާތް ކުރާ އިރު އެ މުއާމަލާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބީއެމްއެލް އިން ހިއްސާ ކުރާ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އިލްތިމާސް ކުރެއެވެ.