މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު ލަފާކޮށް ފިޗްގެ ރޭޓިން ބީ ނެގަޓިވް ގޮތުގައި އޮތް އޮތުން މުރާޖައާ ކޮށް އެ ރޭޓިން ދަމަހައްޓައިފިއެވެ.
ފިޗް އިން ބުނީ، ފިޗް ރޭޓިންގްސް އިން ހެދި އެސެސްމަންޓަށް ބަލާއިރު ރާއްޖޭގެ އިގްތިސޯދު ދުވެލި ރަނގަޅުވަމުން އަންނަ ކަމަށާއި ދިގު މުއްދަތަކަށް ބޭރު ފައިސާ ދޫކުރާ ފަރާތުގެ ޑިފޯލްޓް ރޭޓިން (އައިޑީއާރު) "ބީ ނެގެޓިވް" ގައި ހިފެހެއްޓިފައި ހުރި ކަމަށެވެ. އަދި ދުނިޔޭގެ މާލީ ހާލަތު އިތުރަށް ހަރުކަށިވެފައި ވާ އިރު، ރާއްޖޭގެ އެކްސްޓާނަލް ލިކުއިޑިޓީ ސްޓްރެއިންތައް އިތުރަށް ވަރުގަދަވަމުން ދާކަން ހެދި އެސެސްމަންޓުން ފާހަގަ ވެފައިވާ ކަމަށް ފިޗް އިން ބުނެއެވެ.
ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑު މަންފާއެއް ކުރަމުން އަންނަ ފަތުރުވެރިކަން، ވަރަށް ބޮޑަށް ރަނގަޅުވެފައި ކަމަށް ފިޗް އިން ބުނެއެވެ. ފަތުރުވެރިކަން ރަނގަޅުވަމުން އައި ނަމަވެސް ބޭރު ފައިސާ ވަރަށް ބޮޑަށް ދަށަށް ދިޔުމުގެ ސަބަބުން ސަރުކާރުގެ ބޭރުގެ ދަރަނި އަދާ ކުރުމުގައި، ކަރަންސީ ޕެގް އެމެރިކާ ޑޮލަރުގެ ގޮތުގައި ބެހެއްޓުމަށާއި، ދަރަނި އަދާކުރުމުގައި ގޮން ޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ފިޗް އިން ބުނެއެވެ.
މި ރޭޓިންގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ ކުރިއަރާ މިންވަރު އިތުރުވެ، ބައެއް ކަހަލަ ސްޓްރަކްޗަރަލް އިންޑިކޭޓާސްތައް ވެސް ހަމައަކަށް އެޅިގެން ދާނެ ކަމަށް ފިޗް އިން ބުނެއެވެ. ނަމަވެސް ސަރުކާރުގެ ދަރަނީގެ ބޮޑު ބުރައިގެ ސަބަބުން ޓޫރިޒަމަށް އޮތް އުންމީދަށް ހީނަރުކަން އަތުވެދާނެ ކަމަށް ވެސް ފިޗް އިން ލަފާ ކުރެއެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ ގްރޮސް ފޮރިން ރިޒާވްގެ ގޮތުގައި 1017 މިލިއަން ޑޮލަރު ހުރި ނަމަވެސް މިިދޔަ ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 540 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މިހާ ބޮޑު ބަދަލެއް ފެނިފައި މި ވަނީ ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެއްޗާއި ތެލުގެ ބިލްތަކުގެ ސަބަބުން ކަމަށް ފިޗް އިން ބުނެއެވެ.
ރާއްޖޭގެ ރިޒާވް ކުރިއަށް އޮތް ކުއާޓަރުތަކުގައި ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗް އިން ބުނެއެވެ. އެއީ 2023 ވަނަ އަހަރު ދައްކަންޖެހޭ ސޮވެރިން އެކްސްޓާނަލް ޑެޓް ސާވިސް ޑިއުޓީގެ ގޮތުގައި 214 މިލިއަން ޑޮލަރާއި 2023 ވަނަ އަހަރު ދައްކަންޖެހޭ ބޭރުގެ ދަރަނި އަދާކުރުމުގެ ޑިއުޓީގެ ގޮތުގައި 151 މިލިއަން ޑޮލަރުެ ސަބަބުން ކަމަށް ފިޗް އިން ބުނެއެވެ.
ފިޗް އިން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރު ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 15.7 ޕަސެންޓަށް ފުޅާވާނެއެވެ. އެއީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ބަޖެޓުގައި ހިމަނާފައިވާ ފިއުލް ސަބްސިޑީގެ ހަރަދުތައް އިތުރުވެ، ޓޫރިޒަމުން ލިބޭ އާމްދަނީގެ މިންވަރު މިހާރަށް ވުރެ ވަރުގަދަވުމުގެ ނަތީޖާ ކަމަށް ފިޗް އިން ބުނެއެވެ.
ފިޗުން ރާއްޖެއަށް 2016 އިން ފެށިގެން ރޭޓިން ދޭން ފަށާފައި ވާއިރު، ފިޗުގެ އިތުރުން، ދެން ރާއްޖެއާ ގުޅޭގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ މައުލޫމާތު ހޯދައި، ރޭޓިން ދެނީ މޫޑީސް އިންނެވެ. މިދިޔަ އަހަރު ފިޗް އިން ރާއްޖެއަށް ބީ ނެގެޓިވް ރޭޓިން ދީފައި ވަނީ ރާއްޖޭގެ އިގްތިސޯދު ލަފާކުރި ވަރަށް ވުރެވެސް ދަށްވެފައިވާ ކަމަށް ބުނެ ސީސީސީ އަށް ރާއްޖޭގެ ރޭޓިން ދަށްކޮށްފައި އޮތުމަށް ފަހުއެވެ.