ކެއާ ޑިވަލޮޕްމަންޓު ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރުގެ މުސާރަ ސްޓެލްކޯއިން ދޭން ނިންމައިފިއެވެ.

އެގޮތަށް ނިމުނީ ސްޓެލްކޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީޒްގެ ދަށުން ކެއާ ސޮސައިޓީއާއެކު ސޮއި ކުރި އެއްބަސްވުމަކުންނެވެ.

މި އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

މީގެ އިތުރުން ކެއާ ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފެވެ.

މީގެ ކުރިން ވެސް ކެއާ ސޮސައިޓީގެ ޓީޗަރެއްގެ އަހަރު ދުވަހުގެ ހަރަދާ ސްޓެލްކޯ އިން ވަނީ ހަވާލުވެފައެވެ. މިގޮތުން 2019 އަހަރު ތެރޭގައި ވެސް ސްޓެލްކޯއިން ވަނީ ކެއާ ސޮސައިޓީއާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސްޓެލްކޯއިން އަބަދުވެސް އަންނަނީ އިޖުތިމާއީ ކަންކަން ކުރިޔަށް ގެންދަން ހިތްވަރުދެމުންނެވެ.