މ. މުލި ރާޅުގަނޑު ސަރަހައްދަށް ރާާ އަޅާން ގޮސްގެން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފެނިއްޖެއެވެ.

އެމްއެންޑިއެފުން ބުނީ، އެމީހާ ފެނިފައި ވަނީ މުލި ކައިރީގައި އޮންނަ މ. ވޭވަށުން ކަމަށް މުލީ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން އެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު މެންދުރު 12:47 ހާއިރެވެ. އެ ފަތުރުވެރިޔާ ގެއްލުނު އިރު، އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާޅާ އަޅާން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން ރިޕޯޓްކުރި އިރު، މި ދުވަސްވަރަކީ މ. މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ.