ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ ޖުމުލަ އަދަދު 1،214،544 އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިމަހުގެ 1 އިން 5ގެ ނިޔަލަށް 23،923 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިއަހަރު މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1،214،544 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާ 38.3 ޕަސަންޓް އިތުރު އަދަދެކެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 878،317 ފަތުރުވެރިންނެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި މާޗް މަހު 150،739 އަދި އެޕްރީލް މަހު 145،280، މެއި މަހު 125،522، ޖޫން މަހު 110،889، ޖުލައި މަހު 133،561، އޮގަސްޓު މަހު 131،862 އަދި ސެޕްތެމްބަރު މަހު 111،987 ފަތުރުވެރިން ހިމެނެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،615 އެނދު ހުރިއިރު އޭގެތެރޭގައި 170 ރިސޯޓުގައި ހުރި 41،175 އެނދު، 867 ހޮޓެލް، ގެސްޓްހައުސްގައި 15،576 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2864 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.