މިދިޔަ ސެޕްޓެމްބަރު މަހު އެންމެ ގިނައީ ވައްކަމުގެ މައްސަލަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ފުލުހުންނަށް ޖުމްލަ 859 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 315 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ވައްކަމުގެ މައްސަލައަށް ފަހު ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. މިގޮތުން މިދިޔަ ޓްރެފިކް އެކްސިޑެންޓުގެ 122 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އެއްޗިހި ގެއްލުމުގެ 109 މައްސަލައެއް ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ 104ގެ މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހު މުދަލެއް ގެއްލިގެން ހުށައެޅި 35 މައްސަލައަކާއި ހިޔާނާތްތެރިވުމުގެ 89 މައްސަލައަކާއި ހަމަލާދީގެން ހުށައެޅި 29 މައްސަލައެއް އަދި ފޭރުމެވެ 17 މައްސަލައެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން ޖިންސީ ކުށްތަކުގެ 14 މައްސަލަައަކާއި ގެވެށި އަނިޔާގެ 14 މައްސަލައަކާއި ފޯޖުކުރުމުގެ 9މައްސަލައެއް އަދި ޗެކް ބައުންސްކުރުމުގެ 2 މައްސަލައެއް މިދިޔަ މަހު ފުލުހަށް ވަނީ ހުށައަޅާފައެވެ.