ރާއްޖެއިން 100 މިލިއަން ޑޮލަރުގެ ލައިފް އޮފް ކްރެޑިޓް އެގްރިމެންޓެއްގައި އިންޑިއާއާއެކު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެގްޒިމް ބޭންކްގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެދުއެވެ.
މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އިން ދިން އެހީ އަކީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ތަރައްގީގެ މުހިންމު ގިނަ މަޝްރޫއުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށެވެ.
އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ތެރެއިން އިތުރު 100 މިލިއަން ޑޮލަރު ދޭން ނިންމިކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުގެ ތެރޭގައެވެ.