ސޯސަން މަގު ބަންދުކުރުމާ ގުޅިގެން މާދަމާ، ސޯސަން ރޫޓްގެ ބައެއް ބަސް ސްޓޮގްތަކަށް ދަތުރުކޮށް، މަޑުކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، މާދަމާ މެންދުރު 14:00 އިން ފެށިގެން ސޯސަން މަގު ބަންދުކުރުމަށް ހަމަޖެހިފައިވާތީ ސޯސަން ރޫޓް (12-R) ގެ ބައެއް ބަސް ސްޓޮގްތަކަށް ދަތުރުކޮށް، މަޑުކުރުން ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށެވެ.

އެހެންނަމަވެސް މި ރޫޓުގެ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ސޯސަން މަގު ހުޅުވާލުމާއެކު މެދުކަނޑާލި ސްޓޮޕްތަކަށް އަލުން ދަތުރުތައް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިނީ ބަސްތައް ދަތުރުކުރާނީ 3 ރޫޓަކުންނެވެ. އެއީ:

  • އެއީ އަޮކިޑް ރޫޓް، އަމީނީ ރޫޓް އަދި ސޯސަން ރޫޓެވެ.
  • އަމީނީ ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. ސޯސަން ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.

މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރު ކުރާނެއެވެ. އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އާކޮށް، ޓްރެފިކް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރާ އިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.