ފަނަރަ އަހަރު ފަހުން ޑިޒްނީ ގެ "ޑިސްއެންޗާންޓަޑް" ގެ ދެވަނަ ބައި އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ދެހާސް ހަތްވަނަ އަހަރު ނުކުތް ލައިވް އެކްޝަން މި ފިލްމުގެ ފުރަތަމަ ބަޔަށް ބޮޑު ކާމިޔާބީއެއް ލިބުނު އިރު ފިލްމުގެ ދެވަނަ ބައިގެ ޓްރެއިލާ މިހާރު ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ. ނޮވެމްބަރު 24 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާ މި ފިލްމުގައި ހަރަކާތްތެރިވާނީ ފިލްމުގެ ފުރަތަމަ ބައިގައި ވެސް ހަރަކާތްތެރިވި ތަރިންނެވެ. ޖިޒެލްގެ ރޯލުން ފެނިގެންދާނީ އެމީ އެޑަމްސް އެވެ. އަދި ރޮބަޓްގެ ރޯލުން ޕެޓްރިކް ޑެމްޕްސީ ފެނިގެންދާއިރު ޕްރިންސް އެޑްވަޑްގެ ރޯލުން ފެނިގެންދާޏީ ޖޭމްސް މާސްޑަން އެވެ. އަދި ނެންސީގެ ރޯލު ކުޅޭނީ އައިޑީނާ މެންޒެލް އެވެ.

ފިލްމުގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިހާތަނަށް މި ފިލްމުގެ ޓްރެއިލާ އަށް ވަނީ އަށް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ. ޓްރެއިލާ އިން ފެނިގެންދަނީ 10 އަހަރު ފަހުން، ޖިޒެލް އާއި ރޮބަޓް އޭނާގެ ދޮށީ ދަރި މޯގަން އާއި ފަހުން އެދެމީހުންނަށް ދަރިފުޅާއެކު މޮންރޯވިލްއަށް ހިޖުރަ ކުރާ މަންޒަރެވެ.

ޖިޒެލްގެ ހަޔާތް އޭނާ ބޭނުންވީ ފެއަރީ ޓޭލެއް ގޮތަށް ކުރިއަށް ގެންދާށެވެ. އަދި އޭނާ އެކަމަށް އެދެއެވެ. އެކަން ހާސިލްވެސްވެއެވެ. ނަމަވެސް ކަންތައްތައް އަތް ނުފޯރާ ފަށުން ގޮސް ދިރިއުޅުން ބޮއްސުލާ މަންޒަރު ޓްރެއިލާ އިން ފެނިގެންދެއެވެ.

މި ފިލްމުގެ ފުރަތަމަ ބައިގައި ހިމެނުނު ލަވަ "ދެޓްސް ހައު ޔު ނޯ" ލަވަ އަކީ އާންމުންގެ މެދުގައި އަދި ވެސް ނުހަނު މަގްބޫލު ލަވައެކެވެ.