ގައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި، ދަތުރުފަތުރުގެ ނިޒާމަށް ގެނައި އިންގިލާބީ ބަދަލު ކަމުގައިވާ އާރްޓީއެލް ފެރީގެ ހިދުމަތް އެމަނިކުފާނު ތަޖުރިބާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ހއ. ދިއްދޫއެވެ. މިއަދު އެމަނިކުފާނު އުތީމުން ދިއްދޫއަށް ވަޑައިގެންފައި ވަނީ އާރްޓީއެލް ފެރީގައެވެ. އަދި ދިއްދޫއަށް ވަޑައިގަތުމަށްފަހު އާރްޓިއެލް ފެރީ ހިދުމަތުގެ ޒޯން 1 ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.

އާރްޓީއެލް އިފްތިތާހް ކޮށްދެއްވުމަށް ފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ، އުތުރުގެ ރަށްތަކަށް ގެނެވުނު މި ތަރައްގީއަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑޫ ފަސޭހާއެއް ކަމަށް ވިދާޅުވެފައެވެ. ބޮޑުތިލަދުންމައްޗަކީ އެންމެ މުހިއްމު އެއް ސަރަހައްދު ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އިގްތިސޯދާއި ފުއްދުންތެރި ކަން ފިސާރު ބާރު މިނުގައި އެނބުރުނު ސަރަހައްދެއް ކަަމަށެވެ.

އަރްޓީއެލްގެ އުޅަނޑު ފަހަރު މިހާރު މި ވަނީ ރަށްތައް ގުޅާލަދިނުމުގައި މަސައްކަތް ފަށައި ރާއްޛޭގެ ހުރިހާ ރަށެއް ގުޅާލުމަށް އިތުރު 65 އުޅަނދުތައް ބަނުމުގެ ކޮންޓްރެކްޓްތައް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑުތިލަދުންމައްޗަށް ގެނެވުނު މި ބަދަލު މިޅި ރާއްޖެއަށް ނުގެނެސް މާނވީ ބަދަލެއް ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒޯން 1 ގެ ށ. އަތޮޅުގެ އާރްޓީއެލް ފެރީ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، 4 ސްޕީޑް ފެރީ މެދުވެރިކޮށް 7 ރޫޓަކުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.