ސްރީލަންކާގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކާ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އެ ގައުމަށް ރޭ ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ލަންކާގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސަައްކަތުގެ ތެރެއިން މި ދަތުރުގެ ބޭނުމަކީ ސީވީއެފް އަދި ލަންކާ މިޝަންއާ ބައްދަލުކުރެއްވުން ކަމަށެވެ.
ސްރީލަންކާއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށް މަންދޫބެއްގެ ގޮތުގައި ސްރީލަންކާ ސަރުކާރުން ނަޝީދު އައްޔަން ކުރީ މީގެ ހަތަރު މަސް ދުވަސް ކުރިން ނަޝީދު އެގޮތަށް އެދިވަޑައިގެން ހުށަހެޅުއްވުމުނެވެ. އެހެންނަމަވެސް މިހާތަނަށް ނަޝީދުގެ މަސައްކަތުން އެއްވެސް އެހީއެއް ސްރީލަންކާއަށް ލިބުނު ކަމެއް އަދި އެނގިފައެެއް ނުވެއެވެ.
ލަންކާގައި ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި ތެލުގެ ތާށިކަން ދިމާވެފައިވާތާ ދުވަސްތަކެއް ވެފައި ވާއިރު ބޭރު ފައިސާއަށް ޖެހި މުހިންމު ބައެއް ތަކެތި އިމްޕޯޓް ކުރުމަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ނަސީދުއަށް މިހާރު ލައްކާޔަށްް ފުދޭވަރަކަށް އެހީ ހޯދާދެވިއްޖެނު އަދިވެސްތަ