ރާއްޖޭގެ އެންމެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު ޑރ. އަބްދުﷲ ވަހީދު އަވަހާރަވެއްޖެއެެވެ.

އޭނާ އަވަހާރަވީ އުމުރުން 65 އަހަރުގައި، އައިޖީއެމްއެޗްގައި ނިއުމޯނިއާ އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޑރ. ވަހީދު ފުރުއްވާފައިވާ ބައެއް މަގާމުތައް:

  • ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު
  • ފުލުހުންގެ އިންޓެގްރިޓީ ކޮމިޝަންގެ ރައީސް
  • ދުވަސްކޮޅަކަށް އައިޖީއެމްއެޗް ހިންގެވި

ނަމަވެސް ސްޓްރޯކެއް ޖެހިވަޑައިގެން ޑރ. ވަހީދު ހުންނެވީ މަސައްކަތާ ދުރުގައެވެ. އޭގެ ފަހުން އަމަލީ ގޮތުން މެޑިކަލް ކަންކަމުގައި ނޫޅުއްވައެވެ. ބަދަލުގައި ތާރީހު ދިރާސާ ކުރެއްވުމަށާއި އަމިއްލަ ބްލޮގެއް ހިންގެވުމަށް ވަގުތު ހުސްކުރެއްވިއެވެ.

ޑރ. ވަހީދު އަވަހާރަވީ އިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން އެބަ ތިއްބެވިއެވެ.