ބަހުގެ ހިދުމަތް ދިނުމަށް ފަށާފައިވާ "ހުނަވަރު" ޕްރޮގްރާމްގެ ތަމްރީނުގައި ދުއްވި ބަހެއް ޕޮލިސް ޕޯސްޓުގެ ފުރާޅުގައި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، އެމްޓީސީސީ ބަހެއް ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުގައި ހަދާފައިވާ ޕޯސްޓުގެ ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ހެނދުނު 09:59 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި ބަސް ޖެހުނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހަދާފައިވާ ޕޮލިސް ޕޯސްޓުގެ ފުރާޅުގައެވެ.

މި އެކްސިޑެންޓުގައި އެ ބަހުގެ އެއް ފަޅީގެ ބިއްލޫރިގަނޑު ޕޮލިސް ޕޯސްޓުގައި ޖެހި ވަނީ ތަޅައިގެން ގޮސްފައެވެ.

މިކަމާ ގުޅިގެން އެކްޓީސީސީގެ ބަހެއް އަދި ނުލިބެއެވެ.