ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ނަގާފައި ވާއިރު އެ ވީޑިއޯތައް ބޭނުން ކޮށްގެން މީހުން ބްލެކްމެއިލް ކުރި ބަޔަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ލީކްވި އަލަމްގިރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ، މާލޭގައި އޭނާ އުޅުނު ގޭގެ މީހެއްގެ އިތުރުން އަލަމްގިރިއާއެކު އެ ކޮޓަރީގައި އުޅުނު މީހެއްވެސް ހިމެނެއެވެ.
ފުލުހުން ބުނީ ގިނަ ބައެއްގެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު އޮޕަރޭޝަން ނިމުމުން ހިއްސާ ކުރާނެ ކަމަށެވެ.
ގިނަ ބައެއްގެ ވީޑިއޯތައް ދައުރުވެފައި ވާއިރު އެ މައްސަލާގައި އަލަމްގިރިއަށް ވަނީ 7 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް މިހާރު އުފުލާފައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބދުއްސައްތާރަށް ވަނީ 3 މަސް ދުވަހު ގޭބަންދު ގައި ހުރުމަށް ހުކުމް ކޮށްފައެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔަ ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ ޝަރީއަތުގެ އަޑު އެހުމުގައި އޭނާ ވަނީ އެއްޖިއްސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވެފައެވެ.
މީގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު (ރާއްޕެ) ކަމަށް ބުނާ މީހެއްގެ ވީޑިއޯ ވެސް ވަނީ ދައުރުވެފައެވެ.
ސަރުކާރުންވެސް ކަންބޮޑުވެގެން އުޅެނީ ލިވާޠު ކުރާތީކީ ނޫން އެމައްސަލައިގަ ބްލެކްމެއިލް ކުރާތީ ރައްޔިތުން ހަޅޭއްލެވި ވަރުން ދިން އަދަބެއް އެދިނީވެސް ހެއްދެވި ފަރާތަށްް ބިރެއް ނެތި އަޅާނުލާ ތިބެނީ މިފަދަ ހުރިހާ ކަމަކަށް ހިތްވަރުދޭން .