ހަމަ އެންމެ 500 ރުފިޔާއަށް 150 ޖީބީ މުޅި މަސްދުވަހު ބޭނުންކޮށްލަން ލިބުމާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ކަމަށް އުރީދޫއިން އިއުލާންކޮށްފިއެވެ

އުރީދޫއިން ބުނީ އުރީދޫގެ އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭ އެ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން ގަތަރުގައި ކުޅޭ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި އާއިލާއާއި އެކުވެރިންނާއެކު ގުޅުން ބަދަހިކޮށްލާ ގޭމް ކުޅެލުމަށް މިއީ ވަރަށް ރަނގަޅު ޕްލޭން އަކަށް ވެގެންދާނެ ކަމަށެވެ.

އެ ޕްލޭންގެ ދަށުން ރެގިއުލާ ޑާޓާގެ ގޮތުގައި ދުވާލަކު 1 ޖީބީއާއި ބޯނަސް ޑާޓާގެ ގޮތުގައި ކޮންމެ ދުވާލަކު 2 ޖީބީއާއި ސޯޝަލް މީޑިއާ ބޯނަސް ޑާޓާގެ ގޮތުގައި ދުވާލަކު 1 ޖީބީ އަދި ބޯނަސް ޑާޓާ ސްޓްރީމިން ޑާޓާގެ ގޮތުގައިވެސް ކޮންމެ ދުވަހަކު 1 ޖީބީ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ހަމަ ކޮންމެ ދުވަހަކު 5 ޖީބީ ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އެ ޕްލޭން އެކްޓިވޭޓްކޮށްލުމަށް އުރީދޫ އެޕް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލެވޭ ކަމަށް އުރީދޫއިން ބުނެއެވެ.