އުރީދޫ މޫލީ މެދުވެރިކޮށް އައިފޯން 14 ޕްރީއޯޑާ އަށް ގެނެސްދޭން ނިންމައިފިއެވެ.

އުރީދޫއިން ބުނީ އެޕަލް ގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާ އެކު އުފައްދައިފާވާ އައިފޯން ލައިންއަޕް - އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފައި ވާ ކަމަށެވެ.

މިއަދުން ފެށިގެން މޫލީ މެދުވެރިކޮށް އައިފޯންގެ ދެ މޮޑެލް އަށް ވެސް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އައިފޯން 14ގެ އުރީދޫ އިސްތިހާރެއް

އުރީދޫއިން އިތުރަށް ބުނީ ޕްރީ އޯޑާ ކަސްޓަމަރުންނަށް، އޯޑާ ކުރި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ ކަމަށެވެ. އަދި މި ލިންކު މެދުވެރިކޮށް އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު ހޯދައި ޕްރީއޯޑާ ކޮށްލެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.