ހދ. ކުރިނބި ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން 4389 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 30172 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 2040 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުން ކުރުމުން ހިމެނެއެވެ.

މީގެ އިތުރުން 295 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިޖެހުމާއި، 70 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 314 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި 314 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުން އަދި 2 ނެވިގޭޝަން ލައިޓް ހަރުކުރުން މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

އަދި ރޭމްޕެއް ހެދުމާއި، 16 މަގުބައްތި ހަރުކޮށް، ބަނދަރާ އިންވެގެން 1556.61 އަކަ މީޓަރުގެ ޕޭވްމަންޓު ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 42.9 މިލިއަން ރުފިޔާއަށެވެ.